ފުޑް ސެކިއުރިޓީ ގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭނުންވާ ބިން ހަވާލުކޮށްފި

ފުޑް ސެކިއުރިޓީ ގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭނުންވާ ބިން, ގއ. ކޮނޑޭ ކައުންސިލުން، ވަނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްފައެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެރަށުު ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލްކަރީމް އެވެ. މި ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްޓަރީ މުޙައްމަދު އަނީސް އެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މި ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ. އަދި ގއ. ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވިއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫޢުއެއް ގއ ކޮނޑޭގައި ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގެ ވަޢުދުފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް