ކިންގް ޗާރލްސްގެ ރަަސްމީ އުފަން ދުވަހުގެ ތަހުުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިނގިރޭސިވިލާތުގެ  ރަސްގެފާނު  ހިޒް  މެޖެސްޓީ  ކިންގް  ޗާރލްސް III  ގެ  ރަސްމީ  އުފަން  ދުވަހުގެ މުނާސަބަތުގައި  އިނގިރޭސިވިލާތުގެ ސެކްރެޓަރީ  އޮފް  ސްޓޭޓް  ފޮރ  ފޮރިން،  ކޮމަންވެލްތު  އެންޑް  ޑިވެލޮޕްމަންޓް  އެފެއާޒް،  ޑޭވިޑް  ލެމީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރުގެ އަމިއްލަ ނަމުގައި،  އިނގިރޭސިވިލާތުގެ  ސަރުކާރަށާއި ރައްޔިތުންނަށް އިނގިރޭސިވިލާތުގެ  ރަސްގެެފާނު  ހިޒް  މެޖެސްޓީ  ކިންގް  ޗާރލްްސް  III ގެ  ރަސްމީ  އުފަން  ދުވަހުގެ  އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކޮށްފައިވެއެވެ.

އަދި މިއަހަރުގެ  ތެރޭގައި  ދިވެހިރާއްޖެ  އާއި  އިނގިރޭސިވިލާތާ  ދެމެދު  ޚާރިޖީ  ގުޅުން  ގާއިމުކުރެވުނުތާ  60  އަހަރު  ފާހަގަ ކުރެވޭ ހިނދު،  މި  ފުރުޞަތުގައި  ކުރިއަށް  އޮތް އަހަރުތަކުގެ  ތެރޭގައިވެސް  ދެ  ޤައުމުގެ  ދެމެދުގައިވާ  އެކުވެރިކަމުގެ  ގުޅުން އިތުރަށް ހަރުދަނާ  ކުރުމަށް  ރަސްގެފާނާ ގުޅިގެން  ގާތުން  މަސައްކަތް  ކުރާނެ  ކަމުގެ  ފުރިހަމަ  ޔަޤީންކަން ވަޒީރުވަނީ އަރުވާފައެވެ. ‏‎

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް