"ކަޅުއޮށްފުންމި ފަށަން" ސިލްސިލާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފި

"ކަޅުއޮށްފުންމި ފަށަން" ސިލްސިލާ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ދިވެހިޤައުމިއްޔަތުގެ އިސްވާރުންގެ ފަރާތުން ރާއްވަވާ އިންތިޒާމް ކުރައްވާ ތަމްރީންވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް "ކަޅުއޮށްފުންމި ފަށަން" ޕްރޮގްރާމް އިފްތިތާޙްކޮށްފައިމިވަނީ އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމެވެ. ވަޒީރުގެ އަރިހުގައި ދިވެހި ޤައުމިއްޔަތުގެ އިސްވާރުން ބައިވެރިވެވަޑައިގަތެވެ.

ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު ދަސްކޮށްދީ އެމައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މީހުން ތަމްރީން ކުރުމަށް ބާއްވާ މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބުރަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެއްކަމަށް ދިވެހިބަހާއި ތަކިކައާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތު ޝަފަރުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރަހީމް ވިދާޅުވީ، ދިވެހިވަންތަކަމުގެ ކޮންމެ ބަހާއެއް ވެސް އޮތީ މުހިންމު ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ހާލަތެއްގައިކަމަށެވެ.

"ފަށަން" މި ޕްރޮގްރާމުން ދިވެހިވަންތަކަމުގެ ރޮނގުތަކަށް ފަންނުވެރި،  އިސްވެ ހަރަކާތްތެރި ވާނޭ އެތައް ޒުވާނުންނެއް ބިނާ ކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަން ވެސް ވަޒީރު ފާހަގަކުރައްވައެވެ.

މި ޕްރޮގްރާމްގައި ތަމްރީނުވެރިން ތަމްރީން ކުރައްވާނީ ދިވެހި ޤައުމިއްޔަތުގެ އިސްވާރުންނެވެ. ތަމްރީން ދެވޭ ދާއިރާތަކަކީ ދިވެހިބަހުގެ ދާއިރާ, ދިވެހި ތާރީޚުގެ ދާއިރާ, ދިވެހި ފަންނުގެ ދާއިރާ, އަދި ދިވެހި ޖިއޮގުރަފީއާއި،  ދިވެހި ސުމޭކުގެ ( ޑިޖިޓަލް ) ދާއިރާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް