އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު އޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކާއި، އެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ މައްޗަށެވެ. މިއަދުގެ ބައްދަލުވުމުގައި ވަނީ އިންޑެކްސް ކަނޑައެޅުމުގައި ހިމަނާފައިވާ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް