ހަފްތާ ބަންދާއި ދިމާކޮށް އުތުރުގެ ރަށްތަކަށް ފްލައިޓް އިތުރުކޮށްފި
ހަފްތާ ބަންދާއި ދިމާކޮށް އުތުރުގެ އަތޮޅުތަކަށް ޤައުމީ އެއާލައިނުން ފްލައިޓް އިތުރުކޮށްފިއެވެ. އެގޮތުން، ހއ، ހދ ށ އަދި ރ އަތޮޅަށްވަނީ މި ޖޫން މަހުގެ 13 އަދި 14 ވަނަ ދުވަހު ފްލައިޓް އިތުރުކޮށްފައެވެ. ޖޫން 13 ވަނަ ދުވަހު ހެނދުނު 08:20 ގައި މާލޭ އިފުރު، އަދި ހެނދުނު 09:30 ގައި އިފުރު މާލެ އަދި މާލޭ ފުނަދޫ، އަދި ފުނަދޫ އިން މާލެއަށް ވަނީ ފްލައިޓް އިތުރުކޮށްފައިވާއިރު ޖޫން 14 ވަނަ ދުވަހު ހަނިމާދޫ އާއި މާފަރު، މާފަރު އަދި މާލޭގެ އިތުރުން މާލޭ ހަނިމާދޫއަށް ފްލައިޓްތައް ވަނި ޝެޑިއުލްކޮށްފައެވެ. ހަމައެއާއެކު، ކުޅުދުއްފުއްޓާއި  ހޯރަފުށި އަދި ހޯރަފުއްޓާއި މާލެ އަށް ފްލައިޓްތައް އިތުރުކުރުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް