ޙައްޖުން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

ޙައްޖުން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެދީފިއެވެ.

އެގޮތުން، ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބަލާއިރު، ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައި ދެވިދާނެ ފަރުވާތަކެއް އެޗްޕީއޭއިން ވަނީ ބުނެފީފައެވެ. އެއީ؛

  • ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފަތާ ފެން)
  • ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން

އަދި އަރިދަރުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެކަމަށާއި އެގޮތުން؛

  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޯށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް ނުދިއުން
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެކުދިން އުރާ ނުހެދުން
  • ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އަންނަތާ14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުދަނގޫވުން، މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން
  • ޑޮކްޓަރަކަށް ދައްކަވާއިރު ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މަޢުލޫމާތު ދިނުން
  • މިނޫންވެސް އިތުރު ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ޑޮކްޓަރަށް ދެއްކުން

މީގެ އިތުރުން، އަރިދަފުސް ރޯގާ އަދި ވައިރަލްހުމުން ރައްކާތެރިވުމަށްޓަކައި، އެފަދަ ރޯގާއެއް ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗަާއި ނޭފަތް ނިވާކޮށް، ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި އަދި ދަތުރުމަތީގައާއި ޙައްޖު/ޢުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުން އެދެވިގެންވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް