އެމް.އެން.ޔޫއިން އިންތިޒާމުކުރާ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކުރާ ބައިނަލްއަޤްވާމީ މަހާސިންތާއެއް ކަމަށްވާ "އިންޓަރނޭޝަނަލް ކޮންފަރަންސް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ އިންޖީނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 2025 (އައި.ސީ.އީ.އެސް.ޓީ)ގެ ނަމުގައި ބާއްވާ ކޮންފަރެންސެކެވެ.

އެމްއެންޔޫން ބުނީ މި ކޮންފަރަންސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި ކޮންފަރަންސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 1 އަދި 2 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.

މި ކޮންފަރެންސާ ގުޅޭ އިތުރު މަޢުލުމާތު ހޯދުމަށް އީ-މެއިލްމެދުވެރިކޮށް ލިބޭނެ ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް