ޙައްޖުވެރިން ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި މަދީނާއަށް!

ޙައްޖާއި ގުޅޭ އެންމެހާ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު މަދީނާއަށް ފުރައިފިއެވެ.

ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ދަތުރު މިފަހަރު ކުރުމަށް ހަމަޖެހިފައިވަނީ ހައި ސްޕީޑު ރޭލުގައެވެ. މީގެ ކުރިން ބަހުގައި ކުރަމުން އައި ހަ ގަޑިއިރާއި އަށް ގަޑިއިރުގެ ދަތުރުގެ ބަދަލުގައި 2 ގަޑިއިރުން މަދީނާއަށް ދެވޭ ރޭލުގައި މި ދަތުރުކުރާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މިއީ ޙައްޖުވެރިންގެ ކަންކަން ލުއިފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބަދަލު ކުރެވިގެންދިޔަ ކަމެކެވެ.

ދިވެހި ޙައްޖުވެރިން މަދީނާއަށް ދިއުމަށް ހަމަޖެހިފައިވަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިން ރާއްޖެއަށް އެނބުރި އައުމަށް ފުރާނީ މަދީނާއިންނެވެ. އެގޮތުން ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13، 14، 16 އަދި 17 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް