ދިވެހި ހައްޖާޖީން ރާއްޖެއަށް އެނބުރި އަންނަން ފަށާނީ މި ހަފްތާ ހުކުރު ދުވަހުން ފެށިގެން

ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިން ރާއްޖެ އައުމަށް އެނބުރި އަންނަން ފަށާނީ މި ހިނގާ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެންކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން ބުނެފިއެވެ.

މިކަން ހާމަކޮށް އެ މިޝަން އިން ބުނީ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް މާލެ ޖައްސާނީ ރާއްޖެ ގަޑިން މި އަންނަ ހުކުރު ދުވަހުގެ މެންދުރު 2 ޖަހާއިރު ކަމަށެވެ.

ދެވަނަ ގުރޫޕު އަންނަން ހަމަޖެހިފައިވަނީ 14 ޖޫން ވާ ދުވަހުގެ ރޭ 11 ޖަހާއިރުކަމަށްވާއިރު ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު އައުމަށް ހަމަޖެހިފައިވަނީ 16 ޖޫން ވާ ހޯމަ ދުވަހުގެ މެންދުރު 2 ޖަހާއިރުއެވެ. އަދި އެންމެ ފަހު ފްލައިޓް މާލެ އަންނަން ހަމަޖެހިފައިވަނީ 17 ޖޫން ގެ ރޭގަނޑު 11 ޖަހާއިރުކަމަށް ޙައްޖު މިޝަންއިން ބުނެފައިވެއެވެ.

ދިވެހި ހައްޖާޖީން ރާއްޖެއަށް އެނބުރި އަންނަ މި ދަނޑިވަޅަކީ ރާއްޖޭގައި އެކި އެކި ރޯގާ ފެތުރެމުންދާ ދުވަސްވަރެއްކަމުން ޙައްޖުވެރިން ބަލާ އެއާޕޯޓަށް ވީހާވެސް މަދު ބަޔަކު ދިއުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޙައްޖުވެރިންވެސް އެނބުރި އަންނައިރު މާސްކް ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް