މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ގަމާއި ފޮނަދޫގައި ޚާއްޞަ ފެސްޓިވަލެއް ބޭއްވުމަށް ތިމާވެށީގެ މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ފެސްޓިވަލް އޮންނާނީ ޖޫން މަހުގެ 26 އިން 29 އަށް ކަމަށެވެ. އަދި މި ފެސްޓިވަލްގައި އެންޖީއޯ ފޯރަމެއްވެސް ހިމެނޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެންޖީއޯތަކަށް މިހާރު ވަނީ ދައުވަތު ދީފައިވާއިރު، ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމު ހުށަހަޅަންވާނެކަމަށް ބަޔާންކޮށް މި ފޯމު ހުށަހެޅުމަށް ޚާއްޞަ ކިއުއާރު ކޯޑެއް މިނިސްޓްރީން ވަނީ ޙިއްޞާކޮށްފައެވެ.

މި ފެސްޓިވަލްގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް