ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރަން ފާސްކޮށްފި

ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރުމަށް މިއަދު ބޭއްވި ރައްޔިތުންގ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މިއަދު ގެ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް އަޒީމާ އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 59 މެންބަރުންނެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމުއަށް އެރުވީ މީގެ 3 މަސް ކުރިންނެވެ.

އަޒީމާ ވަނީ މީގެކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެ ވެސް އަދާކުރައްވާފައެވެ. އަދި އަޒީމާ ވަނީ 2019- 2023 އަށް ޗައިނާގެ ސަފީރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް