ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ރާއްޖޭން ގޮވާލައިފި

ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދިވެހިރާއްޖޭން ގޮވާލައިފި އެވެ.

އެގޮތުން، ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓރ އައިމިނަތު ހުސައިން ޝަރީފް ވަނީ ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތު ކުރައްވާފަ އެވެ.

މީގެ އިތުރުން، މަސްވެރިކަމަށް ކުރިމަތިވާ މާކެޓް އެކްސެސް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި މިކަމަކީ ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ދައުލަތަކުން އެކަނި އުފުލަން ޖެހޭ ބުރައަކަށް ވެގެން ނުވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދި އިކޯލެބެލިން ގައިޑްލައިންތައް އިސްލާހު ކުރުމަށް އެފްއޭއޯއިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވަމުން އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖެއަށް މި ވަގުތު އެންމެ މުހިއްމީ އިންސާފުވެރި، ހާމަކަން ބޮޑު، ސެޓްފިކެޓް ދިނުމުގައި މަސްވެރިން މަސްވެރިންނަށްޓަކައި ބިނާކޮށްފައިވާ ނިޒާމެއްކަމަށާއި އެ ނިޒާމް ވާންވާނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ކުދި ފަންތީގެ މަސްވެރިކަމަށްވެސް ބިނާވާ ނިޒާމަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް