މޫސުން ގޯސްވެ ހއ އިން އދ އަތޮޅަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވެ ހއ އިން އދ އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ. އެ އިދާރާއިން ބުނީ މިއަދު މެންދުރު 13:00 އިން ފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށް ހއ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ބާރުމިނެއްގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް