ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ އޮފީހެއް ރާއްޖޭގައި ޤާއިމްކުރާނެކަމުގެ ޔަޤީންކަން އެފްއޭއޯއިން ދީފި

ރާއްޖޭގައި ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ އޮފީހެއް ރާއްޖޭގައި ޤާއިމްކުރާނެކަމުގެ ޔަޤީންކަން ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް (އެފްއޭއޯއިން) އިން ދީފިއެވެ.

އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ޤާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ކޫ ޑޮންގްޔޫ މި ޔަޤީންކަން ދެއްވާފައިވަނީ ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން، މި ބައްދަލުކުރެއްވުމުގައި އެފްއޭއޯއިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވަމުން ވަޒީރު ވަނީ އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަންވެސް ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

އޭގެ ތެރޭގައި ކަނޑުގެ ފުރިހަމަ ޤާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި އަދި މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ރާއްޖޭގައި އެފްއޭއޯގެ ޚާއްޞަ އޮފީހެއް ޤާއިމްކުރުމާގުޅިގެން ކުރެވުނު މަޝްބަރާތައް ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް