ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އޮމާނާއެކު މަޝްވަރާކޮށްފި
ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތަކެއް، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، އޮމާންގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަނާއި އދ. ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރައީސް، ޑރ. އަބްދުﷲ ބިން އަލީ އަލް-އަމްރީއާ ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖެއާއި އޮމާނާ ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ޠާރިޤު ވަނީ އދ. ގެ ތިމާވެށީގެ އެސެމްބްލީގައި ކުރިއަށްދާ މަޝްވަރާތަކަށް ރާއްޖެއިން ޑރ. އަލް-އަމްރީއަށް ދެމުންދާ އެއްބާރުލުން އަލުން ހާމަކުރައްވާފައެވެ. މިއީ ދެ ޤައުމުގެ ތިމާވެށީގެ ދާއިރާގެ އިސްވެރިން ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ފުރުޞަތެއްކަމަށް ބެލެވެއެވެ. މިއީ މިހާރު ކުރިއަށްދާ އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގެ ހަވާސާގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް