ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މަޝްރޫޢުގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ބުނީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އެ ބިލާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ވިހާވެސް ހާމަކަންބޮޑުގޮތެއްގައި ކަންކަންކުރުމަށް ނިންމާފައި ވާތީ މި ބިލާއި ގުޅޭގޮތުން ލިބޭ ހުރިހާ ޚިޔާލެއްވެސް އާންމު ކުރާނެއެވެ.

ނަމަވެސް ޤާނޫނީ ގޮތުން ހުއްދަކުރާ މިންވަރަކަށް ބަލައި، ޚިޔާލު ހުށަހަޅާއިރު އެފަރާތްތަކުގެ ކޮމެންޓްތަކުގައި ހިމެނޭ ވަކި މަޢުލޫމާތުތަކެއް ސިއްރުކުރަން އެދެވޭނެ ކަމަށާއި  ކޮންމެ ލިޔުމެއް ނުވަތަ ހުށަހެޅުމެއްވެސް ޝާއިޢުކުރުމުގެ އިޚްތިޔާރު ހޯމް މިނިސްޓްރީއަށް ލިބިގެންވާކަމަށް ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ އެ މަޢުލޫމާތުތައް ސިއްރުކުރަން ބޭނުންވާ ސަބަބުތައް ބަޔާން ކުރަން ވާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް