ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ހަމައެކަނި ދިރިއުޅުމުގެ ވަސީލަތެއް ނޫން، އެއީ ދިރިއުޅުމުގެ އަސާސެއް: ރައީސް
ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ހަމައެކަނި ދިރިއުޅުމުގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ އަސާސެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ދުނިޔޭގެ ޞިއްޙަތު ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށާއި، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ހަމައެކަނި ދިރިއުޅުމުގެ ވަސީލަތެއް ނޫން ކަމަށާއި ކަނޑަކީ މަސްވެރިކަމާއި ފަތުރުވެރިކަމާއި އަދިވެސް އެހެނިހެން ކަންކަމުގެ ތެރެއިން ދިރިއުޅުން ދަމަހައްޓައިދޭ ދިރިއުޅުމުގެ އަސާސެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެންގަނޑު ހޫނުވެ، ކަނޑުގައި މަސް ހުންނަ ވަރު ބަދަލުވެ، ގޮނޑުދޮށްތައް ގިރައިގެންދާ ކަމުގައި އެމަނިކުފާނު ފަހަގަކުރެއްވިއެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގައި، އަޅުގަނޑުމެންގެ ދިރިއުޅުން ދަމަހައްޓައިދޭ ކަނޑު ދެނެގަނެ، ކަނޑަށް އިޙްތިރާމްކޮށް، ކަނޑު ރައްކާތެރިކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް