އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ސެންޓްރަލް ޕާކުގައި
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މިގޮތުން އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތްތައް ކުރިއަށްދާނީ މިއަދު 21:00 އިން 22:00 އަށެވެ. އަޟްހާ ޢީދުގެ މުނާސަބަތުގައި ސިފައިންނާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން "ޢީދުހަވީރު 1446" ގެ ނަމުގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޢީދު ހަވީރުގެ ފަހު ދުވަހަކީ މިއަދެވެ. މި ހަރަކާތްތައް ކުރިއަށްދަނީ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް 20:30 އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މި ހަރަކާތްތައް އޮންނާނީ މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް