ލ. ގަމުގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލ. ގަމުގެ ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވަފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 7:03 ގައެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިންދި ބޮޑަށް ފެލި އިތުރު އަނިޔާ ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޮލަށް 2 ތަނަކުން ފެޅިފައިވާ ކަމަށާއި އޭނާގެ ކަނާތު ފައި ދެ ތަނަކުން ބިނދި، އިތުރު އަނިޔާވެފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް ކާރު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައެވެ.

މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް