އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޠާރިޤް ފްރާންސަށް ފުރާވަޑައިގެންފި

އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އިއްޔެ ފްރާންސަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ނީސް ސިޓީގައި ބޭއްވޭ މި މަހާސިންތާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ސައިންޓިސްޓުން އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅއިން ވިދާޅުވެފައިވާ ގޮތުގައި މި މަހާސިންތާގައި އެންމެ އިސްކަމެއް ދޭނީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށެވެ.

މި މަހާސިންތާގައި ބައިވެރިވުމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ވަނީ ފްރާންސްއަށް ވަޑައިގެންފައެވެ.

ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށްވެސް ތާވަލުކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް