ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ދިއުމާއި އެކުދިން އުރާ ނުހެދުމަށް އިލްތިމާސްކޮށްފި

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ބައްޔާ ގުޅިގެން މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ނައިސީރިއާ މެނިންގޓައިޑިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެއްކަމަށާއި މިއީ ވަރަށް މަދުންޖެހޭ ބައްޔަކަށްވިނަމަވެސް، ބަލި ޖެހިއްޖެނަމަ ބަލީގައި ބޮޑުވަރުވާލެއް އަވަސްކަމަށެވެ. އަދި މި ބަލީގެ ދެބާވަތެއްވާކަމަށާއި އެއީ މެނިންޖައިޓިސް އާއި މެނިންގޯކޮކަލް ސެޕްސިސްކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ފެތުރެނީ ކިހިނެއް؟

  • މެނިންޖޯކޮކަލް ބަލިޖެހިފައިވާ މީހެއްގެ އަނގައިން ނުކުންނަ ކުޅުގައި ހުންނަ ޖަރާސީމު އެހެން މީހުންގެ ނޭބާލާ ނިޒާމު ތެރެއަށް ގޮސްގެން
  • ބަލިޖެހުމުގެ ފުރުސަތު ބޮޑީ ބަލި މީހަކާ ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތަކަށްވުން (އެއް ގެއެއްގައި އުޅޭ މީހުން، އެއްކޮޓަރިއެއްގައި ނިދި މީހުން، ބަލިމީހާގެ ކުޅު، އަރިދަފުސް ފަދަ ތަކެތީގައި ޖެހިފައިވާ މީހުން)

މެނިންޖޯކޮކަލް ބަލި ހުންނަ މީހުންނާ ގާތްގުޅުމެއް އޮންނަ މީހުންނަށް އެންޓިބަޔޮޓިކް ކީމޯޕްރޮފިލެކްސިސް ދޭންވާނީ، އިމިއުނައިޒޭޝަންގެ ހާލަތައް ބެލުމެއްނެތި، އެންމެ ރަނގަޅި އިންޑެކްސް ބަލިމީހާ ދެނެގަނެވޭތާ 24 ގަށި އިރު ފަހުންނެވެ.

"ކްލޯޒް ކޮންޓެކްޓް" އެއް ކަމަށް ބެލެވެނީ ކޮންބައެއް؟

  • ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާއި އެއްކޮށް މަތިންދާބޯޓުން ނޫނީ ބަހުގައި ވަރަށް ގިނަ އިރުވަންދެން ދަތުރުކޮށްފައިވާ މީހުން
  • ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެޅިފައިވާ މީހުން

ބަލިމީހާއާއި އެއް ފެންފުޅިއަކުން ފެން ބޮއެ، އެކުގައި ކައިބޮއި ހަދާފައިވާ މީހުން، ބަލިމީހާއާ ކުޑަ ވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން އަދި ބަލި މީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން "ކްލޯޒް ކޮންޓެކްޓް" ކަމުގައި ނުބެލެވެއެވެ.

ރައްކާތެރިވުން

  • ގިނަގިނައިން ސައިބޯނި ބޭނުންކޮށްގެން އަތްދޮވުން
  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުންދުވަސްވީ މިހުންނާއި ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތައް ނުދިއުން އަދި
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެކުދިން އުރާ ނުހެދުން

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސް ފެނުމާއި ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުންދާކަމަށެވެ.

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވެއެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް