ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލެ-ހުޅުމާލެ ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއް ހިނގައިފިކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުންގެ މީޑިއާއަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި 2 ސައިކަލެއްޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ރޭ 10:02 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އެ އެކްސިޑެންޓުގައި 2 ސައިކަލު ދުއްވި 2 މީހުންނަށްވެސް އެކި ވަރުގެ އަނިޔާލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް