މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ: މިނިސްޓަރު

މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން ޑައިލިސިސް ސެންޓަރެއް ތަރައްޤީކޮށް ޚިދުމަތް ދޭން ފަށޭނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ފުރަތަމަވެސް ނިންމާފައިވަނީ ރާާއްޖޭގެ ހުރިހާ އޮތޮޅެއްގައިވެސް މަދުވެގެން ޑައިލިސިސްގެ ސެންޓަރެއް ތަރައްޤީކުރުމަށްކަމަށާއި ސެޕްޓެމްބަރުމަހާ ހަމައަށް ދާންވާއިރު ކޮންމެ އަތޮޅަކުންވެސް ޑައިލިސިސްގެ ޚިދުމަތް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުން ޑައިލިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލެވެ.

މީގެ އިތުރުން މިއަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވާއިރު، 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ނ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެނދު އިތުރުކޮށްފައެވެ.

މިހާރު ރާއްޖޭގައި ޑައިލިސިސް ގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ އުނދަގޫ ދަތުރަކަށް ވުމާއެކު އެކަންކަން ފަސޭހަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް