09 ޖޫން އިން ފެށިގެން ކުރިއަތް އޮތް 5 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ

އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް، ބެލެވޭތީ، ހޯމަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް، ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން، އާންމު، ގޮތެއްގައި ގަޑިއަކު، 13 މޭލާއ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި، ގަޑިއަކު 40 މޭލާއ 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި، ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.

ވީމާާ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް، މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި، ކަމުގެ ފިޔަވަޅ އެޅުމަށްވެސް ވަނީ އެދިފައެވެ.

ހޯމަ ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެދުވަހަކީ ޢީދު ޗުއްޓީ ނިމޭ ދުވަސް ކަމަށްވުމުން ޢީދަށް އެކިއެކި ރަށްރަށަށް ގޮސް ތިބި މީހުން އެނބުރި އަންނަން ފަށާނީވެސް އެދުވަހުކަން ލަފާކުރެވެއެވެ. އަދި އަންގާރަ ދުވަހަކީ ޗުއްޓީ ނިންމައި ސުކޫލުތަކާ އޮފީސްތައް ހުޅުވާ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް