ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެ
ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށް ޤައުމީ އެއާލައިން (މޯލްޑިވިއަން) އިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް މޯލްޑިވިއަން އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފުނަދޫ އެއާޕޯޓު ވަގުތީގޮތުން ހުއްޓިފައިވާކަމަށާއި އެހެންކަމުން އެ އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ މޯޯލްޑިވިއަނުގެ ދަތުރުތައްވެސް ހުއްޓިފައިވާކަމަށެވެ. މޯލްޑިވިއަނުން ބުނީ މީގެ ސަބަބުން ޕަސެންޖަރުންނަށް ފުރޭނެ އެހެން ގޮތްތަކެއް މޯލްޑިވިއަނުން ހަމަޖައްސާނެކަމަށާއި، އެކަމާގުޅިގެން ސީދާ އެ ޕަސެންޖަރުންނަށް ގުޅާނެކަމަށެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް