ލ. ގަމުން މަސްހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

ލ. ގަމުން މަސްހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ލ. ގަމު ކައިރީގައި އޮންނަ ފަޅުރަށެއްކަމަށްވާ މަހަކަންފުށި ކައިރިއަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލައެއް މިއަދު ހެނދުނު 9:50 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އަދި އެމީހާ ހޯދަމުންދަނިކޮށް މިއަދު 11:00 ހާއިރު ގެއްލުނު ސަރަހައްދުގެ މޫދުން ފެނިފައިވާކަމަށާއި، އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ނިޔާވި މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، މަޢުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ ލ. ގަން ތުނޑީ، ފެސްފަރީ، އަބުދުލްސަމަދު މުހައްމަދު (ސަމަދު)، 65 އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް