އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ފަސިންޖަރުން ޗެކިން ވާން އެދެފި

އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ފަސިންޖަރުން ޗެކިން ވާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފި އެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓުގެ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތްކުރާތީ އާއި ގިނަ ބަޔަކު ފުރަން ދާތީ މިއަދަކީ އެ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށާއި އެހެންކަމުން ފަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެއާޕޯޓަށް ބާރުބޮޑުވެފައިވާއިރު، އީދު ބަންދާ ދިމާކޮށް މިއަދާއި މާދަމާ ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ފުރާނެކަމަށް ލަފާކުރެވެއެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، އީދު ބަންދަށް މިފަހަރު ފަސް ދުވަހުގެ ބަންދެއް ލިބެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް