ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި 16 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިކަމަށް ފުލުހުން ބުނެފިއެވެ. މިކަން ހާމަކޮށް މީޑިއާއަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ ރޭ ހުޅުމާލެ ފޭސް 2 އެއްގެ ހިޔާ ފްލެޓު ޕާކްގައި ހިނގި މާރާމާރީއާއި ގުޅިގެން16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށާއި، އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެކަމަކު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް