މެއި މަހުގެ ބިލު ބޮޑުކަމަށް ދައްކަނީ އޭޕްރީލް މަހުގައި ޑިސްކައުންޓް ދިފައިވާތީ: ސްޓެލްކޯ

ކަރަންޓް އަގު ހެޔޮ ކުރުމަށްފަހު ވެސް މެއި މަހުގެ ބިލް އޭޕްރީލް މަހަށްވުރެ ބޮޑުވެފައިވާ ކަމަށް ދައްކަނީ އޭޕްރީލް މަހު ޑިސްކައުންޓް ދީފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނީ، ކަރަންޓް އަގު ހެޔޮ ކުރުމަށްފަހު ވެސް މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން ޝަކުވާ ކުރަމުންދާތީ، އެކަން ސާފުކޮށްދިނުމުގެ ގޮތުންނެވެ.

އެގޮތުން އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ބިލަށް އައިސްފައިވާ ހަގީގީ ބަދަލު ދެނެގަތުމަށްޓަކައި 2024 ވަނަ އަހަރުގެ ޑިސެމްބަރު ނުވަތަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ބިލާއި، އައު ޓެރިފް ރޭޓުން ހަދާފައިވާ ބިލް އަޅާކިޔަން ޖެހޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް