ޖާހުގެ އެޕާޓްމަންޓުތަށް ނިންމަން އެޗްޑީސީން އާރުސީސީއާ ހަވާލުކޮށްފި

"ދަ ގާޑަންސް" ހައުސިން މަޝްރޫއުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށުނު "ދަ ގާޑަންސް" ހައުސިން މަޝްރޫއުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު މީޑިއާތަކަށް ދިން މަޢުލޫމާތުގައެވެ.

އެޗްޑީސީން ބުނި ގޮތުގައި، ޖާހު ކޮންސްޓްރަކްޝަނުން އަޅަން ފެށި ފުލެޓުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް މިހާރު އާރްސީސީއާ ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށެވެ.

އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ޖާހު ކޮންސްޓްރަކްޝަނަށް މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން ތަފާތު މުހުލަތުތައް ދިން ނަމަވެސް، އެ މުހުލަތުތަކުގައި އެ ކުންފުންޏަށް މަސައްކަތް ނިންމިފައިނުވެއެވެ. މަސައްކަތް ނުނިމި ދިގުލައިގެންދާތީ، މި އަހަރުގެ ޖަނަވަރީ މަހު އެ ކުންފުންޏާއެކު އެޗްޑީސީން ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ދޭންޖެހޭ ފަހު މަރުހަލާގެ ނޯޓިސް އެޗްޑީސީން ދީފައިވާކަމަށް ވެސް ބުންޏެވެ.

މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށުނު މަޝްރޫއެކެވެ. އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ފުލެޓު ގަނެފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަށް ފުލެޓުތަކާ ހަވާލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ.

މި މައްސަލައިގައި ޖާހު ކޮންސްޓްރަކްޝަނުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ވަގުތީ އަމުރަކަށް އެދުނު ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެން ނެތްކަމަށް ނިންމާފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް