ވަޒީރު ހައިދަރު ޖެނީވާއަށް ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އެމްބެސަޑަރާއި ބައްދަލުކުރައްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު ސްވިޒަލޭންޑްގެ ޖެނީވާއަށް ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ އަދި ޕަރމަނަންޓް ރިޕްރެޒެންޓޭޓިވް އޮފް ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް ،ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން)، ހަރ އެކްސެލެންސީ، ޑރ. ސަލްމާ ރަޝީދާއި ބައްދަލުކުރައްވައިފައެވެ.

ވަޒީރު، އެމްބެސެޑަރ ސަލްމާއާއި ބައްދަލުކުރެއްވީ ސްވިޒަލޭންޑަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރަންސްގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ޖުމްލަ 187 ޤައުމަކުން ބައިވެރިވާ މި ކޮންފަރަންސަކީ މަސައްކަތުގެ މާހަޢުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުވައްޒަފުންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ކޮންފެރެންސެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް