ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް އައިސްފައިވާ ބަދަލުތައް ހާމަކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް އައިސްފައިވާ ބަދަލުތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން ބުނީ ގޯތި ލިބިފައިވާ މީހުންގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި ގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލް ހިމެނޭ ލިސްޓެއް މިހާރު އާންމުކޮށްފައިވެއެވެ. މި ލިސްޓުން ގޯތި ލިބޭ ފަރާތްތަކަށް އެމީހުންގެ ގޯތީގެ އައު ލޮކޭޝަން ދެނެގަނެވޭނެއެވެ.

ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން، އެ ޕްލޭން އަލުން ދިރާސާކުރުމަށްފަހު، ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް މި މަހުގެ 15 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ކުރީގެ ލޭންޑް ޔޫސް ޕްލޭންގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތްކަން ފާހަގަކުރެވުނެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މި ބަދަލުތަކާ ގުޅިގެން، ގޯތީގެ ގުރުވެސް އަލުން ނަގާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން، ބައެއް ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާނެ ކަމަށް ބެލެވެއެވެ.

ގޯތި ލިބޭ ފަރާތްތަކަށް އިތުރު މަޢުލޫމާތު ހޯދުމަށް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓަށް ނުވަތަ އެ މިނިސްޓްރީގެ ކގެ ކަސްޓަމަރ ސަރވިސް ޑެސްކަށް ގުޅުމަށް އިރުޝާދު ދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް