އޮސްޓްރޭލިއާއިން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ސާމާނު ހަދިޔާކުރަނީ

އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެއްގައި މިކަން އިޢުލާނުކުރައްވަމުން ވިދާޅުވީ، އޮސްޓްރޭލިއާއިން ފަރުމާކޮށް އެ ގައުމުގައި ބަންނަ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު، ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރަން ނިންމުމަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

މިއީ ރާއްޖެއިން ދިވެހި ކަނޑުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އަދި އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ކަށަވަރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، ރާއްޖޭގެ ބޮޑު އިގުތިސޯދީ ސަރަހައްދުގައި ހިނގާ ގައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ދެ ގައުމުން ބުނެފައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް