ޢީދު ލައިޓް 65 ރަށުގައި ދިއްލާނެ ކަމަށް ބެލެވޭ: ވަޒީރު

މިއަހަރުގެ ބޮޑު ޢީދުގައި 65 ރަށެއްގައި ޢީދު ލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވުފައި ވަނީ، މިއަހަރުގެ ބޮޑު ޢީދުގައި، 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށުގައި، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށެވެ.

މިގޮތުން ދިއްލުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ނ. ވެލިދޫ، ނ. ހޮޅުދޫ، ރ. ދުވާފަރު، ރ. އަލިފުށި، ބ. ތުޅާދޫ، ބ. ހިތާދޫ، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް، އދ. މާމިގިލި، އދ. ދަނގެތި، ވ. ކެޔޮދޫ، ވ. ފުލިދޫ، މ. މުލައް، މ. ކޮޅުފުށި، ފ. ބިލެއްދޫ، ދ. މީދޫ، ދ. މާއެނބޫދޫ، ތ. ތިމަރަފުށި، ތ. ވިލިފުށި، ލ. ގަން، ލ. މާވަށް، ގއ. ދާންދޫ، ގއ. ގެމަނަފުށި، ގދ. ގައްދޫ އަދި ގދ. މަޑަވެލި ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް