ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ކޮމިޝަނުގެ ރިޕޯޓު ރައީސްއަށް އެރުވޭނެ: ރިޔާސީ ކޮމިޝަން

2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެެއްދެވި ޚާއްސަ ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އަތުވެއްޖެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެކަން ހާމަކޮށް އެ ކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ، ރިޔާސި ކޮމިޝަނުގެ މަސައްކަތް ނިމެން މިހާރު ކައިވެރި ވެފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފައިނަލް ރިޕޯޓު ރައީސްއަށް އެރުވޭ ވަރުވާނެ ކަމަށެވެ.

ރައީސް އެ ކޮމިޝަން އުފައްދަވާފައިވަނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށެވެ.

އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް