ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓައްކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތް: ރައީސް

ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓައްކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

އެމަނކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، އެމަނިކުފާނު ވަނީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ބެލެނިވެރިންނަށް ފޮނުއްވައި ބެލެނިވެރިންގެ ދުވަހު ޒުވާން އަދި އަލަށް ބެލެނިވެރިއަކަށްވި ފަރާތްތަކުގެ އަގުވަޒަންކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓައްކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް