ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީ ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި

ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ކެފޭއެއް ކައިރީ ދެ މީހަކު ރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި އެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ ރޭ 8:20 ހާއިރު މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު ލިބުނު ކަމަށާއި، އެ މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށާއި އަނެއް މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށެވެ.

އެ މާރާމާރީ ހިންގުމަށްފަހު އެ މީހުންގެ ހަރަކާތްތައް ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯގައި ފިރިހެނަކު ޓިޝޫއަކުން ނޭފަތް ކައިރި ސާފުކުރާ އިރު، ބިންމަތީ ގިނަ އަދަދަކަށް ލޭ ހުންނަތަން ފެނެއެވެ. އަދި އޭނާ ކައިރީގައި ފުލުހެއް ވެސް ހުރެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް