4 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ރާއްޖޭގެ 4 އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޑަޔަލަސިސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޚިދުމަތް ފައްޓަވައިދެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްސަ ހަފްލާގައެވެ.

މިރޭ ބާސެލޯ ނަސަންދުރާ ގައި ބޭއްވި ދުނިޔޭގެ ޞިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ރަސްމީކޮށް ޑައިލިސިސްގެ ޚިދުމަތް ފެށީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލް އަދި ގއ އަތޮޅު ހޮސްޕިޓަލެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ހއ އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒު، އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ނ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެންދު އިތުރުކޮށްފައެވެ.

މިހާރު ރާއްޖޭގައި ޑައިލިސިސް ގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ. މީގެ އިތުރުން ވެސް ޑައިލިސިސްގެ ޚިދުމަތް ބޭނުންވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުގައިވެސް މި ޚިދުމަތް ފެށުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް