9 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން ފެނަކަ އާއި ހަވާލުކޮށްފި

ނުވަ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފް އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފްއެވެ.

ފެނަކަ އާއި ހަވާލުކުރެވުނީ ދެ ރަށެއްގައި ޞިއްހީ މަރުކަޒުގެ އައު އިމާރާތް ކުރުމަށެވެ އަދި 7 ރަށެއްގައި އެކްސްޕެންޝަން މަސައްކަތް ކުރުމަށެވެ. އެ ރަށްތަކަކީ:

1. ހއ. މުރައިދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 9,784,584.78 ރުފިޔާ

2. ހއ. ތަކަންދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 10,429,490.50 ރުފިޔާ

3.ހއ. މޮޅަދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 27499999.99 ރުފިޔާ

4.ހދ. ނޭކުރެންދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 9,294,071.84 ރުފިޔާ

5.ރ. ކިނޮޅަސް ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 9206428.86 ރުފިޔާ

6. ރ. ފައިނު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 9750024.78 ރުފިޔާ

7.ރ. ރަސްމާދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 10,884,252.85 ރުފިޔާ

8.ރ. މަޑުއްވަރީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 28,579,999.99 ރުފިޔާ

9. ދ. ރިނބުދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މަސައްކަތުގެ އަގު: 12,272,606.19 ރުފިޔާ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް