5 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އަޅަން އެމްޓީސީސީ އާ ޙަވާލުކޮށްފި

ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ ) އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

އެގޮތުން އެމްޓީސީސީ އާއި ޙަވާލުކުރެވުނު 5 ރަށަކީ

1. ހއ. އުލިގަމު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 14,325,501.46 ރުފިޔާ

2. ހދ. ކުމުންދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 27,262,552.40 ރުފިޔާ

3. ރ. އިންނަމާދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 7,643,677.0 ރުފިޔާ

4. އދ. އޮމަދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 27,237,712.40 ރުފިޔާ

5. ދ. ހުޅުދެލި ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 10,065,689.23 ރުފިޔާ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް