4 ރަށެއްގެ ޞިއްޙީ ހިދުމަތްދޭ ތަންތަނުގެ އިމާރާތްކުރަން އާރުޑީސީ އާއި ހަވާލުކޮށްފި

ހަތަރު ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އަސްބާޙް އަލީ ނަޞީރު އެވެ.

އެގޮތުން ރޯޑް ޑިވެލޮޕްމަންޓާއި ޙަވާލުކުރެވުނު 4 ރަށަކީ،

1. ހއ. ފިއްލަދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 11,997,890.47 ރުފިޔާ

2. ރ. މީދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 11,997,890.47 ރުފިޔާ

3. މ. މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މި މަސައްކަތުގެ އަގަކީ 26,469,925.89 ރުފިޔާ

4. ގއ. ދާންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް : މަސައްކަތުގެ އަގަކީ: 108,322,537.03 ރުފިޔާ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް