ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް) ގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް) ގެ އޮފީހެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދެވެ.

މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ އަލީ ހައިދަރު ވިދާޅުވީ، ކުޅުދުއްފުށީގައި މިއަދު ހުޅުވިގެން މިދިޔަ ނޭޝަނަލް ކެރިއަރސް ސާރވިސް އޮފީހާއެކު އުތުރު ސަރަހައްދަށް ދާއިރާއިން ބޮޑު ކުރިއެރުމެއް ކުރިއެރުމެއް ލިބިގެންދާނެކަން ގަބޫލުކުރައްވާ ކަމުގަ އެވެ.

"އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑު ހާސިލުކުރުމަށްދާ ރާސްތާގައި އެންމެ މުހިންމު ކަންތައް. އެކަމަށް ހުޅުވޭ ދޮރެއް މޯލްޑިވްސް ކެރިއަރ ސާރވިސް މެދުވެރިކޮށް ވަޒީފާތައް ހޯދުމާއި ހުނަރު އިތުރުކުރުމާއި އަދި އެކި ކަހަލަ މަސައްކަތް ދަސްކޮށް. ކުޅުދުއްފުށީގައި މި ހިދުމަތް ފެށިގެން ދިޔުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިސަރަހައްދަށް، އުތުރު ސަރަހައްދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަން އަޅުގަނޑު ގަބޫލުކުރަން." ޑރ ހައިދަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ދެ ދާއިރާގެ މަޖިލިސް މެންބަރުންނާއި މުއައްސަސާތަކުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް