ޙައްޖު ދުވަހާއި ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް

ޙައްޖު ދުވަހާއި ޢީދާ ގުޅިގެން މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ބަންދުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،

މިއަހަރުގެ ޙަައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހަށް ކަމުގައި ސައުދީ ޢަރަބިއްޔާއިން ކަނޑައެޅުމާ ގުޅިގެން، ޙައްޖު ދުވަހާއި އަޟްހާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.

ކަލަންޑަރުން ދައްކައި ގޮތުގައި އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި 7 ޖޫން ވާ ހޮނިހިރު ދުވަހުގެ އިތުރުން ދެން ބަންދު ވަނީ 8 އަދި 9 ޖޫން (އާދީއްތަ އަދި ހޯމަ) ދުވަހެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ރޭގައި އިއުލާނު ކޮށްފައިވާ ގޮތުގައި މިއަހަރުގެ ޙައްޖު ދުވަސް (އަރަފާތު ދުވަސް) ވަނީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހަށެވެ. އަދި އަޟްހާ ޢީދު ދުވަހަށް ވަނީ ޖޫން 6 ވާ ހުކުރު ދުވަހެވެ. މިއީ ކަލަންޑަރުގައި ވެސް ފާހަގަ ކޮށްފައިވާ ގޮތެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް