ސިންގަޕޫރުގެ ހައި ކޮމިޝަނަރ މިނިސްޓަރ ޑރ. ހައިދަރާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ސިންގަޕޫރުގެ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ، ސޫ ކޮކް ލެންގ ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ އެ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި، ދެ ޤަޢުމުން ގުޅިގެން މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ. އެގޮތުން، ދިވެހިރާއްޖޭގައި ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް ސިންގަޕޫރުގެ ފަރާތުން އެއްބާރުލުން ފޯރުކޮއްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމާއެކު ދިވެހި ދަރިވަރުންގެ ކާމިޔާބީ އިތުރުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މި ސިޔާސަތައް ޢަމަލުކުރުމުގެ މަޤްސަދުގައި، ބޭރު ޤައުމުތަކުގެ އިސްބޭފުޅުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދަރިވަރުންނަށް ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތަކުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް