ހުޅުމާލެ ފޭސް 1 ގައި މިރޭ ހަވާއަރުވަނީ

ހުޅުމާލެ ފޭސް 1 ގައި މިރޭ ހަވާއަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.

ހަވާ އަރުވާނީ ހުޅުމާލެ ފޭސް 1 ގެ ރިވެލި ބީޗުގައި މިރޭ 20:00 ގައިކަމަށާއި މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓް ވަންދެންކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް