އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން އާރޓް ކުލާސް ތަކެއް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއިން އާރޓީ ފިންގަރސް ގުޅިގެން އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން އާރޓް ކުލާސް ތަކެއް ފަށައިފިއެވެ.

މިއީ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަން އިތުރުކޮށް، އެފަރާތްތަކުގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކުލަޖެއްސުމުގެ މަޤްޞަދުގައި ފެށި ކްލާސްތަކެކެވެ. މި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއް ދުވަހުއެވެ. މި ކްލާސްތައް ކުރިއަށް ދަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެންނެވެ.

އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް