އެމްއެންޔޫއިން ފޮތް ލިޔުމަށާއި ދިރާސާތައް ހެދުމަށް ދޭ ފައިސާ ހަތަރު ފަރާތަކަށް ހަވާލުކޮށްފި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން "ބުކް ރައިޓިން ގްރާންޓްސް" އެކަކަށް އަދި "ރިސާޗު ގްރާންޓް" ގެ ދަށުން ހަތަރު މީހަކަށް ފައިސާ ހަވާލުކޮށްފިއެވެ.

މި ފައިސާ ހަވާލުކޮށްފައިވަނީ އިއްޔެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްތެއްގައެވެ.

އެގޮތުން، އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކުރުމަށްދޭ އެހީގެ ދަށުން 43،500ރ. ލިބުނީީީ އިބްރާހިމް އާދަމް އަށެވެ. އޭނާ ލިޔާ ފޮތުގެ ނަމަކީ، ''އެސްޕީއެސްއެސްގެ އެހީގައި ޑޭޓާ ތަހުލީލުކުރުމާއި އިންޓަޕްރިޓްކުރުން؛ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް'' މިއެވެ.

އެމްއެންޔޫއިން މިފަދައިން ދިރާސާތައް ހެދުމަށް އެހީދޭން ފެށީ 2014 ގައެވެ. އެއީ، އެމްއެންޔޫން ބުނި ގޮތުގައި، އެ ޔުނިވަސިޓީގައި ދިރާސާތައް ކުރުމަށް މަގުފަހިކޮށް، މުވައްޒަފުންނަކީ ދިރާސާތަކަށް އަހުލުވެރި ބަޔަކަށް އެހީތެރިވުމަށެވެ.

ދިރާސާތަކަށް މިފަހަރު އެހީ ލިބުނީ އާސިޔާ އިބްރާހިމް، ނަރުހުން ކުއްލި ހާލަތްތަކަށް އަހުލުވެރިކުމަށް މޮބައިލް އެޕެއް ހެދުމަށާއި އެ އެޕުގެ ފައިދާ ދެނެގަތުން، ބަތޫލް ޒަހޫރް ގާޒީ؛ ގާނޫނީ ކަންކަން ކިޔަވައިދިނުމާއި ކިޔެވުމުގައި އާޓިފިޝަލް އިންޓެލިޖްސް (އޭއައި) ބޭނުންކުރުމުގެ މުހިންމުކަން ދެނެގަތުން، މަރިޔަމް ހުދާ، ޓެލެނާސިންގެ ދައުރު ދެނެގަތުން މި މައުޟޫއަށެވެ.

ދިރާސާތަކަށް އެހީދެނީ، ޔުނިވަސިޓީގެ މުވައްޒަފުންނާއި މަތީ ޑިގްރީއަށް ކިޔަވާ ދަރިވަރުން ހަދަން ބޭނުންވާ ދިރާސާތަކަށް ފައިސާގެ އެހީއަށް އެދެވޭނެ އެ ހުށަހެޅުންތައް އެ ކަމަށް ހާއްސަ ކޮމިޓީއަކުން ބަލާނެއެވެ.

މިފަހަރުގެ ރިސާޗު ގްރާންޓަށް ޖުމްލަ 215،700ރ. ދޭން ވަނީ ނިންމާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް