ހަައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ 10 ގަޑިއިރުގެ ދަަތުރުތަކަށް ނިމުމެއް، ދެން ދަތުރުކުރާނީ ހައިސްޕީޑް ޓްރެއިންގައި

ހަައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ 10 ގަޑިއިރުގެ ދަަތުރުތަކަށް ނިމުމެއް، މިއަހަރުން ފެށިގެން ޙައްޖުވެރިން އެ ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައިކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ޝަކީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖުގެ އަޅުކަމަށް ސައުދީއަރަބިއްޔާއަށް ދާ ދިވެހި ހައްޖުވެރިން މީގެ ކުރިން 8-10 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައިކަމަށެވެ. ނަމަވެސް މިހާރު އެ  ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ މި އަހަރުންފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށެވެ.

'" މިއާއެކު ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުޑަވެގެންދާނެ އަދި ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށް ވެގެންދާނެ"' ޝަކީލް ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖުގައި ޙައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ސަރުކާރުން ވަނީ ހޯއްދަވައިދެއްވާފައެވެ. އެގޮތުން މީގެކުރިން މިނާގެ ފޭލިގެތަކުގައި ދިވެހި ޙައްޖުވެރިން ކެޓަގަރީ "ސީ"ގައި ތިބެން ޖެހުނުނަމަވެސް މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ތިބޭނީ "ބީ" ކެޓަގަރީގައެވެ. އަދި ރަޖިސްްޓްރީކޮށްގެން ހިންގާ ކްލިނިކެއް މިފަހަރު ވަނީ ޙައްޖުވެރިން ތިބޭ ހޮޓެލްގައިި ޤާއިމްކޮށްފައެވެ.

މީގެ އިތުރުން އިއްޔެ ހަމަޖެހިގެން ދިޔަ މައްކާ ރުޓް އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ވަރަށް ބޮޑެތި ލުއި ތަކެއް ފުރުމުގައި އަދި ސައުދީ އެއަޕޯޓުން ލިިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް