އުއްތަމަފަނޑިޔާރު މުޢާމަލާތްކުރެއްވިކަމަށް ބުނެ ފަތުރަނީ ހުސް ދޮގު: ރައީސް ނަޝީދު

އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނު, މުއާމަލާތް ކުރެއްވި ކަމަށް ބުނެ ރާއްޖެއެމްވީ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެވާހަތަކަށް ދޮގުކުރައްވަމުން ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "އަލިފުން ޔާޔަށް އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު" ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫންކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއީ ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާމެދު ވެސް ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫންކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަނު ކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެފަދަ ފިތުނަވެރި ދޮގު ވާހަކަރައް ފެތުރުން ހުއްޓާލަން ގޮވާލައްވާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް