ކަނޑޫދޫ ސުކޫލް ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ބިންދާލި މައްސަލައެއް ފެންމަތިވެއްޖެ

ތ. ކަނޑޫދޫ ސުކޫލް ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ބިންދާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މިރޭގެ ވަގުތެއްގައި މި ޚަބަރު މީސްމީޑިއާއަށް ތިލަވުމާއެކު މި މައްސަލައާ ގުޅޭ މަޢުލޫމާތު މީޑިއާއަށް ހިއްސާކުރުމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ، މިއަދު10:55 ހާއިރު ތ. ކަނޑޫދޫ ސުކޫލުގެ ދަރިވަރެއްގެ އިނގިލި އެ ސުކޫލުގެ ބިދޭސީ ޓީޗަރެއް ހިފައި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އަނިޔާ ލިބުނު ކުއްޖާއަށް މިވަގުތު ތ. ވޭމަންޑޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް